ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނާސިހު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ތިން މެންބަރު ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންފުޅުތަކުގެ އެންމެ ކުރީގައި އޮތީ ނާސިހްގެ ނަމެވެ.
ރައީސް ފޮނުއްވި ނަންފުޅުތައް
- ޑރ. ހުސައިން ފާއިޒް – ދަފްތަރު ނަންބަރު 1325
- ޑރ. ދީބާ މޫސާ – މ. ވައިޓްބެލް
- ބަދުރިއްޔާ މޫސާ – ދަފްތަރު ނަންބަރު ރސ-414
- ޑރ. ފާތިމަތު މުނާ – ވާދީއާގެ، ގއ. ވިލިނގިލި
- އާމިނަތު އުއްމުކުލްސޫމް – މޫންލައިޓްހައުސް، އައްޑޫ، މަރަދޫ
އެ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
އެ ބޭފުޅުންގެ ތެރެއިން ނާސިހަކީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު