ކުއްލި ޚަބަރު

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

ދިހަހާސް ޓަނުގެ ފެން ތާންގީއާއެކު ފެނުގެ ކާރިސާތަކުން އަރައިގަތުމަށް ފަސޭހަވާނެ: މުއްޠަލިބް

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގިއާއެކު، ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދަށް ދިމާވެދާނެ ފެނުގެ ކާރިސާތަކުން އަރައިގަތުމަށް ފަސޭހަވެގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގި ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން، މާލެ ސަރަހައްދުގައި ހުންނަ ފެން އުފައްދާ މައި މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރު އެކުންފުނިން ވަނީ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގިއެއް ޤާއިމްކޮށް އެ ތާންގި ބޭނުންކުރަން ފަށާފައެވެ.

ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާންގީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ހުޅުމާލޭގައި އާބާދުވާ މީހުންގެ ނިސްބަތް އިތުރުވަމުން އައުމާއެކު އެތަނުގައި އުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެހެންކަމުން މިފަދަ ތާންގިއެއް ބެހެއްޓުމަކީ މުހިންމު ކަމެއްކަން ވަޒީރު ވިދާޅުވިއެވެ.

“މި މަސައްކަތަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށްގެންދިޔައީ.. ހަޤީގަތުގައި ސަރުކާރުން މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ނުހުއްޓި ފޯރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވާތީ” ޑރ. ޢަބްދުﷲ މުއްޠަލިބް

އެމްޑަބްލިއުއެސްސީން ބެހެއްޓި މި ތާންގިއާއެކު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ތާންގިއާއިއެކު ކުރިއަށް އޮތްތަނުގައި ފެން އުފައްދާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާ ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން މާލޭ ސަރަހައްދަށް ދިމާވި ފެނުގެ ކާރިސާތަކަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ މިއަދު ބެހެއްޓުނު ތާނގީއާއެކު ކުރިއަށްއޮތްތަނުގައި ފެނުގެ ކާރިސާތަކުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މި ތާންގި ބެހެއްޓުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަމަށެވެ. އަދި އަލަށް ބެހެއްޓި މި ތާންގީއަކީ މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ދެން މި ކުރިއެރުން މި ލިބެނީ ހަމަ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ މަސައްކަތުން، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ރައީސް މިކަމަށް ދެއްވާ އަހަމިއްޔަތު ކަމުގެ ތެރެއިން.” އެމްޑީ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.

34.7 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 80 އިންސައްތަ އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ދަތުރު ގުރައިދުއަށް

414939 ac31c191 c

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

“ރަށިބާޒާރޮ” ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް ފަށައިފި

TTH_advertisement ELL Mobile Advertisement