ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމައިފި

112

މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުވައްމުލަކުން މަސް ގަތުމުގެ އިންތިޒާމު ދާއިމީކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފުވައްމުލަކު ސިޓީ ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މި ޔަގީންކަން ދެއްވާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

އަދި އެ ރަށުގައި ހަދަމުންދާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރު ތެރޭގައި ހިދުމަތް ދޭން ފަށައި، ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މިފްކޯއާއެކު ބޭއްވި ބައްދަލުވުމުގައި، އެ ކުންފުނީގެ މަސްކިރާ ބޯޓެއް ފުވައްމުލަކުގައި ދާއިމީކޮށް ބޭއްވުމަށް ހަމަޖައްސައި، މަސް ކިރުމުގެ އިންތިޒާމު މި މަހު ތެރޭގައި ހަމަޖެހޭނެ ކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވެއެވެ.

މީގެ އިތުރުން މަސް ގަނެ ރައްކާކުރެވޭނެ ގޮތަށް ސްޓޯރޭޖް ފެސިލިޓީގެ ހިދުމަތް މި އަހަރު ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަންވެސް ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިފްކޯއިން ވަނީ އިތުރު ފިޔަވަޅެއްގެ ގޮތުން، އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައެވެ.

އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފި

mifco ceo faruhath

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

Ii

ރައީސްގެ ނިންމެވުމާ އެއްގޮތަށް އެއް ކިލޯއިން މަތީގެ މަސް 16ރ. އަށް ގަންނަން ފަށައިފި

Ii

މާދަމާ އިން ފެށިގެން ކިލޯއަކަށްވުރެ މަތީގެ މަސް 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ: ރައީސް

TTH_advertisement