ބ. ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިންނެވެ. މިއަދު ހަވީރު ފެހެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރާ ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަރުކާރު ހަވާލުވި އިރު، ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ނެތެވެ. އެހެންކަމުން ރައީސް މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު