ކުއްލި ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ

ޕިކަޕެއް ހަދަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ

ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ރައީސް ކިހާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ކިހާދޫގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ސްކޫލްގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި ލަސްވަމުންދިއުމާއި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށާއި ރަށު އިންޖީނުގެ، މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކުރުމާއި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

މީގެއިތުރުން ރަށު ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމާއި ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ރޫޓު ކިހާދުއަށް ފަހިގޮތަކަށް ބަދަލުކުރުމާއި، ކިހާދޫ ސްކޫލަށް ސައިންސް ލެބެއްގެ ބޭނުންޖެހިފައިވާކަމާއި ޞިއްޙީ މަރުކަޒަށް އެންމިބިއުލަންސެއް ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުން ވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ބައްލަވާލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

TTH_advertisement