ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

112

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި މަސައްކަތްތަކުގައި ޒުވާނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެކި މަސައްކަތްތަކުގެ ތެރެއިން ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ބުރެއް ހިންގާފައިވެއެވެ.

އެގޮތުން ޚަތީބުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގައި 65 ޒުވާނުންނަށް ހަތީބުކަމުގެ ތަމްރީނު ފޯރުކޮށްދިނެވެ. ދެވަނަ ބުރުގައި 169 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރިއެވެ. އަދި ތިންވަނަ ބުރުގައި ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރި 269 ޒުވާނުންނާއެކު ޖުމްލަ 503 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ފާއިތުވި އަހަރު ފެށި ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަދުވެގެން 1،000 ހަަތީބުން ތަމްރީނުކުރުން ކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ އިތުރަށް ސަރުކާރުން ގެންދަނީ ހާފިޒުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި