ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިސޯޓެއްގެ މޫދު ކޮޓަރިއެއްގައި ރޯވެ އަނދަނީ

B 202508111130421754893842.0512

ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އދ. އެންއެޗް ކުޑަ ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައެވެ. އެ ވިލާގައި އަލިފާން ރޯވެ އަނދަމުންދާ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 11:52ގައި ލިބުމުން އެ ރިސޯޓަށް ދިއުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާމަނުންގެ ޓީމެއް މިއަދު ހެނދުނު 11:05 މާލެއިން ފުރާފައިވާ ކަމަށެވެ.

އެ ރިސޯޓުގެ ވޯޓާ ވިލާގައި ރޯވީ ކީއްވެގެންކަމެއް އަދި ސާފެއް ނޫނެނެވެ.

“އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރަމުން ގެންދާނަން” އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ކުޑަރަށް ރިސޯޓުގެ ފަޔާމަނުންގެ ޓީމެއްވެސް އަންނަނީ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން