ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

އިނގިރޭސިވިލާތުގައި ހުކުމްކުރި މީހާއަށް ދިވެހި ޕާސްޕޯޓު ދޫކޮށްފައެއް ނުވޭ: މިނިސްޓްރީ

uk

އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމްކުރި މީހާގެ އަތުގައި ދިވެހި ޕާސްޕޯޓެއް ނޯންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މަސާޖު ޕާލާއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ސާބިތުވީ މީހަކީ ދިވެއްސެކެވެ. “ސަންދަރިލިންގަމް ކޫޑަލިންގަމް” ނަމަކަށް ކިޔާ އެ މީހާއަށް އިނގިރޭސިވިލާތުގެ ކޯޓަކުން އިއްވީ ހަތަރު އަހަރު ޖަލު ހުކުމެކެވެ.

އެކަމާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ “ސުންދަރިލިންގަމް ކޫޑަލިންގަމް” އަކީ ރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށްބުނެ، ބައެއް ނިއުސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދިޔަ ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި، އެ ނަން ކިޔާ ދިވެހި ރައްޔިތަކު ރެކޯޑުކުރެވިފައި ނުވާ ކަމަށާއި އޭގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައިވެސް، އެއްވެސް އިރެއްގައި، އެ ނަން ކިޔާ މީހަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެފަދަ ކަންކަމުގައި އެކި މަންސަތަކުގައި ހަބަރު ފަތުރާ އިރު، ސައްހަ މައުލޫމާތު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ އެ މީހާއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަމާން
ދެލޯފުޅާ އިނގިރޭސި ބަހުން ވެސް ތިޚަބަރު ލިޔެބަލަ.

ގުޅުންހުރި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

TTH_advertisement