ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕަހަލްގަމްގައި ޓުއަރިސްޓުންގެ ގަޔަށް ބަޑިޖެހި އެންމެން މަރާލެވިއްޖެ ކަމަށް އިންޑިއާއިން އިއުލާންކޮށްފި

Pahal
ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ޕަހަލްގަމްގައި ހަމަލާދިން އެންމެން މަރާލެވިއްޖެކަމުގެ މައުލޫމާތު، އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހް ޕާލަމެންޓުގެ ދަށުގެއަށް ދެއްވަނީ:

އިންޑިއާގެ ކަޝްމީރު ފަޅީގެ ޕަހަލްގަމްގައި މިއަހަރުގެ އޭޕްރީލްމަހު ޓުއަރިސްޓުންގެ ގަޔަށް ބަޑިޖެހުމުގައި ބައިވެރިވި ހުރިހާ އެންމެން މަރާލެވިއްޖެ ކަމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

މިކަން އިއުލާން ކުރެއްވީ، އިންޑިއާގެ ޕާލަމެންޓަށް މިއަދު މައުލޫމާތު ދެއްވަމުން އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހުއެވެ.

އަމިތު ޝާހު ވިދާޅުވީ، ޕަހަލްގަމްއަށް ހަމަލާދިނުމުގައި ބައިވެރިވީ 3 މީހުން ކަމަށާއި، އެ ތިންމީހުންވެސް މިހާރު  މަރާލެވިއްޖެ ކަމަށެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި 3 މީހުން މަރާލާފައިވަނީ، އިންޑިއާގެ ސަލާމަތީ ބާރުތަކުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ބުނެފައި ވެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދަސިގަމް ފަރުބަދަ ސަރަހައްދުގައި ކަމަށް އިންޑިއާ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހޯމް މިނިސްޓަރ އަމިތު ޝާހު ވިދާޅުވީ، ހަމަލާދިނުމުގައި ބައިވެރިވި 3 މީހުންނަކީވެސް ޕާކިސްތާނުގެ ރައްޔިތުން ކަމަށާއި، އޭގެ ތެރެއިން ދެމީހަކު ނިސްބަތްވަނީ ލަޝްކަރޭ ތައިބާއަށް ކަމަށެވެ.

ޕަހަލްގަމް ހަމަލާގައި އެމީހުން ބައިވެރިވާކަމުގެ ފުރިހަމަ ހެކި ސަލާމަތީ އޭޖެންސީތަކަށް ލިބިފައިވާ ކަމަށްވެސް އަމިތު ޝާހް ވިދާޅުވިއެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ޓުއަރިސްޓުންގެ މެދުގައި މަގްބޫލް ބައިސަރަން ސަރަހައްދުގެ ޖަންގަލިތަކުގެ ތެރެއިން ހަތިޔާރު އެޅި ބަޔަކު ކުއްލިއަކަށް ނުކުމެ އޮޓޮމެޓިކް ރައިފަލުން ދިން ހަމަލާތަކުގައި 26 މީހުން މަރުވިއެވެ.

މަރުވި މީހުންގެ ތެރޭގައި ނޭޕާލްގެ އެކަކު ފިޔަވައި ދެން ހިމެނެނީ، އިންޑިއާގެ އެކި ހިސާބުތަކުން ފަތުރުވެރިންގެ ގޮތުގައި ގޮސްއުޅުނު މީހުންނެވެ.

ޕަހަލްގަމް ހަމަލާދިންތާ މާ ގިނައިރެއް ނުވަނީސް އިންޑިއާއިންވަނީ މިކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރިއެވެ.

އަދި ޖެހިގެން އައި  މެއިމަހުގެ ތެރޭގައި ޕާކިސްތާނާއި އިންޑިއާއިން ހަތަރު ދުވަސް ވަންދެން ބޯޑަރު ހުރަސްކޮށް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިއެވެ. މި ހަމަލާތަކުގައި ދެފަރާތުން 70 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް

ކަރާޗީ ޝޮޕިންގ މޯލް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް، އެތައްބަޔަކު އަދިވެސް ނުފެނޭ