ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

410072 e58451aa a

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެތައްހާސް ޒުވާނުންނެއް މަގުމަތިވެފައި ނޫނީ ކުރިއަށްދާނެ ގޮތެއް ނެތިފައި ތިއްބައި ބޭނުންތެރި ބަޔަކަށް ހެދި، ފުލުހުންނާއި ސިފައިންގެ މުއައްސަސާ އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު އެ ޕްރޮގްރާމުން ލިބިގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން އަލަށް ފެށުމަށް މިހާރު ތައްޔާރުވެ، ގާތްގަނޑަކަށް ފެށުމާ ހަމައަށް ގޮސްފައިވާ، ނެޝަނަލް ސާވިސް ޕްރޮގްރާމަކީވެސް، ތިޔަ ދެ މުއައްސަސާއަށް އިރާދަކުރެއްވިއްޔާ، އޭގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެ ކަމަކަށްވާނެ،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ބަޖެޓުން، މިއަހަރުވެސް، އަދި ކުރިއަށް އޮތް ކޮންމެ އަހަރަކު މުހިންމު އަދަދެއް، އެކަށީގެންވާ އަދަދެއް ކަނޑައަޅާނީ އެ ބޭނުމަށް އެކަން ފުރިހަމަކުރުމަށްޓަކައި ކަމަށެވެ. އޭރުން ވަރަށް ވަރުގަދަ، ނިކަން ޒުވާން ލޭހުރި ޒުވާނުންތަކެއް ތަމްރީނުވެގެން ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އެއިންވެސް ދިވެހި ގައުމަށް ކުރާނީ ފައިދާ. ތިޔަބޭފުޅުންނަށް އެއިން ލިބޭނީ ކުރިއެރުން. ވަސީލަތްތަކުގެ ގޮތުންވެސް އިރާދަކުރެއްވީތީ، މިއަހަރު އަޅުގަނޑުމެންނަށް މި ކުރެވުނު ކަންތައްތައް، އަދި މި އަހަރުގެ ބާކީ މި އޮތް ހައެއްކަ މަސްދުވަހު ކުރެވެންހުރި ކަންކަމުގެ އިތުރަށް، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރުގައި، ދެ މުއައްސަސާއަށްވެސް ބޭނުންވާ މުހިންމު ކަންތައްތައް ހިމަނަން އަޅުގަނޑު ވާނީ ކަނޑައަޅާފައި،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ސިފައިންނާއި ސިފައިންނަށް ހާއްސަ އިސްކަމެއްދެނީ ކޮން ވިސްނުމެއްގައިތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި އެ ސުވާލުތަކަށް ދެއްވަން އޮތް ޖަވާބަކީ އެއީ ދިވެހީންގެ މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނީ ދިވެހީންނަށް ހެދުމަށް ކުރާ މަސައްކަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން އާދިއްތަ ދުވަހު ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލު

މާލޭގެ ވަށައިގެންވާ ތޮށި މަރާމާތުކުރުމަށް ޖަޕާން ސަރުކާރުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފި

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

TTH_advertisement ELL Mobile Advertisement