އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުއޮތް އެކުވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ. އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމާ ގުޅެގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިއެވެ.
20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެޤައުމުގެ ގުޅުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަން ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު