ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

TTH_Ads
STO_Ads
Advertisement

ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.

ވެލާނާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި، ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން ވެލާނާ އެއަރޕޯޓުގެ ދިގު ތާރީޙާއި ތަރައްޤީގެ މުހިންމު އުސްއަލިތަށް ހިމެނޭ ހާއްސަ ރިޕޯޓެއް ރަސްމިއްޔާތުގެ ތެރެއިން ވަނީ ހުށަހަޅާފައެވެ. އެއަރޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއަރޕޯޓު ރަމްޒުތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި މިނިވަންކަމާއި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ރަސްޒުތައް ވަނީ ދައްކާލާފައެވެ. މިއާއެކު ތިއޭޓްރިކަލް ޕާފޯމެންސާއި ޑްރޯން ޝޯ ނިންމާލެއްވީ، ހަވާއެރުވުމާއެކުއެވެ.

MMA_Ads
HajjCop_ads
Advertisement

ހަވާއެރުވުމުގެ ހަރަކާތްތަކާއެކު ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ރަސްމީއްޔަތުގައި ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ.

ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. މީގެ އިތުރުން އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވާނެއެވެ.

ޓަރމިނަލުގައި ފުރާ މިހުންނަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ޓަރމިނަލާއި އަޅާބަލާއިރު އިމިގްރޭޝަން ކައުންޓަރުވެސް ދެގުނައަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރާމީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު ހުންނައިރު، 6 އީގޭޓް ހުންނާނެއެވެ. އަދި އެރައިވަލް ނުވަތަ އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރު ބަހައްޓާފައިވާއިރު 7 އީ ގޭޓު ހުންނާނެއެވެ.

ޖުމްލަ 72،000 އަކަ މީޓަރުގެ ބޮޑު މި ޓަރމިނަލާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއިރޯ ބްރިޖްތައް ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓަރމިނަލުގައި 12 އެއިރޯ ބްރިޖް ޤާއިމްކުރެވިފައިވެއެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

މި ޓަރމިނަލުގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރާ ނިޒާމުތައް ކަމަށާއި ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރާނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެއް ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ޓަރމިނަލް ބޭނުން ކުރަން ފަށާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަން އެއަރލައިނަށް ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް އޮރާޓް ނުވަތަ އެއަރޕޯޓުތައް ޚިދުމަތަށް ނެރުމުގެ އޮނިގަނޑުގެ ތެރެއިން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް