ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި

މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މާލޭގައި މި ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުންނާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ޖެހިއިރުއެވެ. ދިދަ ނެގުމަށްފަހު، ޚާއްސަ ދުޢާއެއް ކުރުން އޮތެވެ. އެއަށްފަހު ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކާ، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހުގެ ސަލާމް ކުރައްވާފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ރަށްރަށުގައި ކުރިއަށްގެންގޮސްފައިވަނީ އެ ރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ. އަދި ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ދިދަ ނެގުމުގެ ރަސްމިއްޔާތުން ފަށާފާވާއިރު، މިއަދު ހަވީރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން އާދިއްތަ ދުވަހު ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލު

މާލޭގެ ވަށައިގެންވާ ތޮށި މަރާމާތުކުރުމަށް ޖަޕާން ސަރުކާރުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފި

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

TTH_advertisement ELL Mobile Advertisement