ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

އިންޑިޔާއިން ރާއްޖެއަށް ވަމުންދާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމާއެކު، ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދެ ގައުމުގެ މެދުގައި މުހިއްމު އެއްބަސްވުންތަކަކާއި ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު، ރައީސްގެ ރަސްމީ ދައުވަތުފުޅަކަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މުހިއްމު ދާއިރާތަކަކުން އެއްބަސްވުންތަކަކާއި ފަހުމުނާމާތަކުގައި ސޮއިކުރެވުނު ކަމަށެވެ.

އެގޮތުން އެންމެ މުހިއްމު އެއްބަސްވުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް އިންޑިޔާގެ އެގްޒިމް ބޭންކާއެކު މިއަދު ގާއިމުކުރެވުނު އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން ހަމަޖެހޭ ފައިސާއަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރެއިން، އަސްކަރީ ކަންކަމާއި، ކުޅިވަރާއި ސިއްހަތާއި ތައުލީމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންކުރެވޭނެ ފައިސާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އިންޑިޔާއާއި ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފެށުމުގެ ފަހުމުނާމާގައި ސޮއިކުރެވުނުކަން ފާހަގަކުރައްވައި، އެ އެއްބަސްވުން ގާއިމުކުރެވުމުން ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ބޭރު ފައިސާ ދައުރުވާ މިންވަރާ ގުޅޭ ގޮންޖެހުންތައް ހައްލުކުރުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީ، މޭ 2025 ގައި ދައްކަންޖެހޭ ދަރަންޏެއް އެއް އަހަރު ދުވަހަށް އިންޓަރެސްޓު ނާރާ ގޮތަށް ފަސްކޮށްދިނީތީ އިންޑިޔާއަށާއި ބޮޑުވަޒީރު މޯދީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

“ދެމިގެންދަނިވި ގޮތަކަށް މުހިއްމު މުދާ ރާއްޖެއަށް ބޭރުކުރުން އިންޑިޔާއިން ފަސޭހަކޮށްދީފައި އޮތް އޮތުމަކީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް އެއްބާރުލުންދިނުމުގެ ގުޅުމުގެ އަސާސީ އެއް ބައި.،” ރައީސް ވިދާޅުވިއެވެ.

މިއަދު އިންޑިޔާގެ އެހީގައި ހިންގި އައްޑޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު ބޮޑުވަޒީރާއެކު އިފުތިތާހުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާގެ އެހީގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަދާހަމަ ދެ ބޭފުޅުން ބައްލަވާފަައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ތިލަމާލެ ބުރިޖުގެ މުހިއްމުކަމާމެދު ވާހަކަފުޅުދެއްކެވިއެވެ.

“އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އެ މަޝްރޫއު ނިމުމުން ރާއްޖެއާއި އިންޑިޔާގެ ގުޅުމުގެ ވިލުންތެރިކަމުގެ ރަމްޒަކަށްވާނެ. މިއަދުގެ ފަހުގެ ވަގުތެއްގައި އިންޑިޔާގެ ހިލޭ އެހީގައި އަޅާފައިވާ ދޮށިމޭނާ އިމާރާތް އިފުތިތާހުކުރެވޭނެ،” ރައީސް

އަދި އިންޑިޔާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓު ހަވާލުކުރުމަކީ އެމަނިކުފާނުެގެ ގެދޮރުވެރިކަމުގެ ސިޔާސަތު މުހިއްމު އެއް އަމާޒު ކަމުގައި ރައީސް ވިދާޅުވިއެވެ.

އިންޑިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ދަތުރުފަތުރާއި މުވާސަލާތު އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއިން އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ރާއްޖެއާއި އިންޑިޔާގެ މެދުގައި ސީދާ ވައިގެ ދަތުރުތައް އިތުރުކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމުގެ އަސާސަކީ ދެ ގައުމުގެ މީހުންގެ މެދުގައި އޮތް ގުޅުމުގެ ބިންގާ ކަމަށް ވިދާޅުވެ ރައީސްވަނީ ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

TTH_advertisement