ކުއްލި ޚަބަރު

ގެވެށި އަނިޔާގެ މައްސަލައެއްގައި މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފި

ބ. އަތޮޅު ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޮޕްސީ ހަދަނީ

މޫސުން ގޯސްވެއްޖެ

ނ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރާކް އަދި މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަޙްމާން ސަބީޙުވެސް ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މަނަދޫގައި ތަރައްޤީ ކުރާ އައު ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު އަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތާއެކު އިތުރު ޚިދުމަތްތަކެއް ހޮސްޕިޓަލަށް ތަޢާރަފްކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ފަންނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.

މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި އާބާދީގައި 3000 އެއްހައި މީހުން އުޅެމުންދާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގެވެށި އަނިޔާގެ މައްސަލައެއްގައި މެލޭޝިއާއިން ދިވެއްސަކު ހައްޔަރުކޮށްފި

Stelco fahumy

ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އިންޖިނޭރުން ކުރަނީ އަގުނުކުރެވޭ ބުރަ މަސައްކަތްތަކެއް: ފަހުމީ

Original 1756549238144

ޗައިނާއިން ރައީސް ޑރ.މުއިއްޒުއަށް ހޫނު މަރުހަބާއެއް

Original 1756517688252

އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

TTH_advertisement ELL Mobile Advertisement