ކުއްލި ޚަބަރު

މާލެއިން ނޭޕާލްގެ އަންހެނަކު ގެއްލިގެން ހޯދަނީ

ފީފާގެ ރައީސް އިންފަންޓީނޯ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ޑިސެމްބަރު ފަހުކޮޅު އައްޑޫ ޝަންގްރިއްލާ ހުޅުވަން ތައްޔާރުވަނީ

މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް: ފްރޮމް މޯލްޑިވްސް އިފްތިތާޙް ކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް “ފްރޮމް މޯލްޑިވްސް” ރަސްމީކޮށް އިފްތިތާޙް ކޮށްފި އެވެ.

މި ބްރޭންޑް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބްރޭންޑް އިފްތިތާޙު ކުރުން އޮތީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ހަވީރު ބޭއްވި “މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް” ގަ އެވެ.

ސަރުކާރުން ބުނީ މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުން ކަމަށެވެ.

އައު ބްރޭންޑްގެ ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމަށެވެ.

މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

436431 03c3c849 f

ފީފާގެ ރައީސް އިންފަންޓީނޯ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ޕާކިސްތާނުގެ ޖެނެރަލް ސާޙިރް ޝަމްޝާދް، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Mal

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

Ii

ގަމަށް ހިޖުރަކުރި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

TTH_advertisement