ކުއްލި ޚަބަރު

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް 

އިރާގުގެ ޝޮޕިންގ މޯލްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި

އިރާގުގެ ޝޮޕިންގ މޯލްއެއްގައި ރޭގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

އިރާގުގެ ސިއްހީ އިދާރާތަކާއި ފުލުހުން ބުނެފައިވަނީ، އަދިވެސް 11 މީހަކު ނުފެންނަ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އިރާގުގެ އިރުމަތީ ސިޓީއެއް ކަމަށްވާ އަލް-ކަޓް ސިޓީގައި ހުންނަ ކޯނީޝް ހައިޕަރމާކެޓު އިމާރާތުގައެވެ.

ރޭގައި ހިނގި މި ހާދިސާގައި މުޅި އިމާރާތުގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

އަލިފާން ރޯވުމާއެކު، ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރެސްކިއު ޓީމުތަކުން ގެންދިޔައީ މީހުން ސަލާމަތް ކުރަމުންނެވެ.

އަލިފާން ނިއްވާލުމަށްފަހު، އަލިފާނުގެ ސަބަބުން މަރުވި 69 މީހެއްގެ ހަށިގަނޑު މިހާތަނަށް އެ އިމާރާތުން ނެރެފައިވާއިރު، 11 މީހަކު އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ރެސްކިއު ޓީމުތަކާއި، ސަލާމަތީ އޮފިޝަލުން ގެންދަނީ، އިމާރާތުގެ ހަލާކުވެފައިވާ ބައިތަކުގެ ތެރެއިން ހަށިތައް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

ކޯނީޝް ހައިޕަރމާކެޓު އިމާރާތުގައި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ހާމައެއް ނުކުރެއެވެ.

އަލް-ކަޓް ސިޓީ ހިމެނޭ ޕްރޮވިންސްގެ ގަވަރްނަރު ވިދާޅުވީ، އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަތީޖާ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އިރާގުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާކަމުންނާއި އަދި އަމުދުން އެފަދަ ފިޔަވަޅުތަކެއް ނާޅައި ހުރުމުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެއެވެ.

2023 ވަނަ އަހަރުވެސް، އިރާގުގެ އުތުރުގައި ކައިވެނީގެ ހަފްލާއެއް ހިނގަމުންދިޔަ އިމާރާތެއްގައި އަލިފާން ރޯވެ 100 އަށްވުރެ ގިނަމީހުން މަރުވިއެވެ.

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯނީޝް ހައިޕަރމާކެޓު ހިންގާ ފަރާތާއި އަދި އެ އިމާރާތުގެ ވެރިފަރާތާ ދެކޮޅަށް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުފުލުން އައި ބާރުގަދަ 3 ބިންހެލުމާއެކު ރަޝިޔާއަށް ސުނާމީގެ އިންޒާރު ނެރެފި

ޝަރީއަތަށް ފިލައިގެން ގައުމު ދޫކޮށް ގޮސްދާނެތީ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ފައިގައި ޓެގް އަޅުވައިފި

ސައުދީގެ “ސްލީޕިންގ ޕްރިންސް” 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ދެމިލިއަނަށްވުރެ ގިނަމީހުން ބަނޑަށް: ޣައްޒާ ސަރުކާރުގެ އަސަރުން ފުރިގެންވީ އިލްތިމާސެއް ދުނިޔެއަށް

ELL Mobile Advertisement TTH_advertisement