ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ޔޫކްރެއިނާއެކު ސުލްހަވާން ސުންގަޑި ދިނަސް، ޑިއުޓީ 100 އިންސައްތަ ބޮޑުކުރިޔަސް ރަޝިޔާއަށް ފަރުވާލެއްނެތް: މެޑްވެޑެވް

ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

ރަޝިޔާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 އިންސައްތަ ޑިއުޓީ ނަގަންޖެހިދާނޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ރަޝިޔާއިން ވަރަށް ފިނި ރައްދެއް ދީފިއެވެ.

ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން އަދި  ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕްގެ ފިޔަވަޅުތަކަށް ރަޝިޔާއަށް އެއްވެސް ފަރުވާލެއް ނެތްކަމަށެވެ.

ޓްރަމްޕް އިއުލާންކުރާ އިމްޕޯޓް ޑިއުޓީގެ އަދަދުތަކަށް ދުނިޔެ ދިޔައީ ތުރުތުރު އަޅަމުން ކަމަށާއި، އެއާއެކު އެންމެބޮޑު މާޔޫސްކަމެއް ލިބުނީ ހަރުކަށި ޔޫރަޕަށް ކަމަށާއި، ޑިއުޓީ ބޮޑުކުރިޔަސް ރަޝިޔާއަށް ވަރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުގައި ވިދާޅުވެފައިވަނީ، ރަޝިޔާގެ މުދަލުގެ އިތުރުން، ރަޝިޔާއިން ތެޔޮ ގަންނަ ކޮންމެ ގައުމަކަށްވެސް ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.

ޓްރަމްޕްވަނީ، ޔޫކްރެއިނާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ރަޝިޔާއަށް 50 ދުވަހުގެ މުހުލަތު ދެއްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ ޑިއުޓީ 100 އިންސައްތަ ބޮޑުކުރައްވާނެ ކަމަށް އިންޒާރު ކުރައްވާފައި ވެއެވެ.

ރަޝިޔާއިން ތެޔޮ ގަންނަ ގައުމުތަކުގެ ތެރޭގައި  ޗައިނާ، އިންޑިއާ އަދި ތުރުކީ ހިމެނެއެވެ. އެގައުމުތަކާ ދެކޮޅަށް ޓްރަމްޕް ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ގުޅުންތައް ކެނޑި މައްސަލަ ވަރަށް ހޫނުވާނެ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ހުންނެވީ ރަޝިޔާގެ ރައީސް ޕޫޓިން ދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ޕޫޓިން ދެކެ އައި ރުޅީގައި ޓްރަމްޕް މިހާރުވަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ދިނުމަށްވެސް ނިންމަވައި އެކަން އިއުލާން ކުރައްވާފައެވެ.

އަދި ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމަށްޓަކައި، ނޭޓޯ މެމްބަރު ގައުމުތަކުން އެމެރިކާގެ ހަތިޔާރު ގަނެ، ޔޫކްރެއިނަށް ފޮނުވޭނޭގޮތްވެސް ޓްރަމްޕްވަނީ ހަމަޖައްސާފައެވެ. އޭރުން ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމަށް އެމެރިކާއިން އެންމެ ޑޮލަރެއްވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ދެމުންގެންދިޔަ އިންޒާރުތަކުގެ ރާގު ބަދަލުވެއްޖެ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސަރުކާރަށް ތާއީދުކޮށް އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުތުމުން ހުޅަނގުގެ މީޑިއާ ބްލެކްއައުޓް، ވެރިން ހައްޕު!

TTH_advertisement