ކުއްލި ޚަބަރު

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޖާން ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މުޅިން އަލަށް އިބްރާހީމް ހުޖާން ހޯދައިފިއެވެ.

ގައުމީ ކެރަމް ހޯލުގައި ކުރިއަށްދިޔަ 34 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލްގައި ހުޖާން ވާދަކޮށްފައިވަނީ މިދިޔަ ތިން އަހަރުގެ ގައުމީ ޗެމްޕިއަން އިސްމާޢީލް އަޒުމީންއާއެވެ. މި މެޗު ހުޖާން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.

މި މެޗުގައި ހުޖާންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ގޭމުތައް ކާމިޔާބުކޮށްފައިވަނީ 25-10 އަދި 25-15 އިންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ހުޖާން ބުނީ މިދިޔަ އަހަރުގެ ފައިނަލުން ބަލިވުމާއެކު މި އަހަރުގެ މުބާރާތަށް ދުރާލައި ތައްޔާރުވި ކަމަށެވެ. އަދި އަޒްމީނާ ދެކޮޅަށް ކުޅެ ހޯދުނީ ފަޚުރުވެރި ކާމިޔާބެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަޒްމީން ބަލިކޮށް ހުޖާން މުޅިން އަލަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ކުޅުންތެރިންނެވެ. އެފަހަރު ހުޖާން ބަލިކޮށް އަޒްމީން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ވަގުސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލަތަކުން ގެއްލުންވި ފައިސާ ހޯދައިދީފި

ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއެކު މަޝްވަރާކުރައްވައިފި

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

ELL Mobile Advertisement TTH_advertisement