މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ވެސް ޖެހިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ކަފިހި ހުރަސް ކައިރީގައި މަޑުނުކޮށް މާލެ ސަރަހައްދުގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވުން އަންނަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު