ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ތަޢުލީމް އުނގެނުމަށްޓަކައި ކުރާ ހޭދައާއި ދޭ ވަގުތަކީ އެންމެ ރަނގަޅު އިންވެސްޓްމަންޓް: އާދަމް ޝަރީފް

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އުނގެނުމަށް ކުރެވޭ ހޭދައާއި އެކަމަށް ދެވޭ ވަގުތަކީ އެންމެ ފައިދާހުރި އިންވެސްޓްމެންޓް” އާދަމް ޝަރީފް

ވަޒީރު ވިދާޅުވީ ދަސްވެނީން ހޯދި ކާމިޔާބީއަކީ ވަރަށް ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކެއް އަދި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވަޒީރު ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ޙަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ ތަރައްޤީކުރުމަށްޓަކައި މިއަދު އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކީ ތަޢުލީމީ ޒުވާނުން ކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. އަދި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ތަޢުލީމީ ޒުވާނުން ގުޅިވަޑައިގަތުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ތަޢުލީމީ ޒުވާނުން ކައުންސިލްތަކަށް ކުރިމަތިލެއްވުމަކީ ކައުންސިލްތަކުން ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިން ފުރަައިފި

ރަށު ފަތުރުވެރިކަމަށް ހާއްސަ ލޯން ސްކީމެއް ހުޅުވާލައިފި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ELL Mobile Advertisement TTH_advertisement