ހުޅުމާލޭގައި ގުދަނެއްގައި ރޭ ރޯވި އަލިފާން ކޮންޓްރޯލުކުރާން މަސައްކަތްކުރި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ 7:00 ހާއިރުއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އެ އަލިފާން ކޮންޓްރޯލު ކުރެވުނީ ރޭ 11:00 ހާއިރުއެވެ.
ފުލުހުން މިއަދު ބުނީ އަލިފާން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ ތިން ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.
ދުމުގެ އަސަރުކޮށްގެން އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ އެ ތިން ފުލުހުންގެ ހާލު ވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު