ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

އިންޑިއާގެ ގުޖަރާތު ސްޓޭޓްގެ ބުރިޖަކުން ބައެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި

އިންޑިއާގެ ހުޅަނގުގެ ގުޖަރާތު ސްޓޭޓްގައި އިއްޔެ ބުރިޖަކުން ބައެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފިއެވެ.

ވެއްޓުނު ބްރިޖަކީ ގުޖަރާތު ސްޓޭޓްގެ ވަޑޯޑަރާ އަވަށުގައި ކޯރެއް ހުރަސްކޮށް އަޅާފައިވާ ބްރިޖެކެވެ.

ގުޖަރާތު ސްޓޭޓްގެ ހެލްތު މިނިސްޓަރ ރޫޝިކޭސް ޕަޓޭލް ވިދާޅުވީ، ބްރިޖުން ބައެއް ވެއްޓުނުއިރު ބްރިޖް މަތީގައި އެތައް ބައިވަރު ވެހިކަލް ދަތުރުކުރަމުން ދިޔަ ކަމަށެވެ.

އެހެންކަމުން، އެތައް ވެހިކަލެއް ބްރިޖުގެ ބަޔާއެކު ކޯރަށް ވެއްޓުނެވެ.

މިހާދިސާގައި 5 މީހަކު ސަލާމަތް ކުރެވުނު ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖް ވެއްޓުނު ހާދިސާ ހިނގީ، ގުޖަރާތު ސްޓޭޓަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހިފައި ވަނިކޮށެވެ.

ވެއްޓުނު ބްރިޖަކީ 1985 ވަނަ އަހަރު ހަދާފައިވާ ބްރިޖެކެވެ.

އިންޑިއާގެ އިންފްރާސްޓްރަކްޗަރގައި ސަލާމަތީ ކަންބޮޑުވުންތައް އަބަދުވެސް އުފެދިފައި އޮވެއެވެ. ހައިވޭތަކާއި، ބްރިޖްތަކުގައި ބޮޑެތި ކާރިޘާތައް ހިނގައެވެ.

2022 ވަނަ އަހަރު ގުޖަރާތުގައި ހަދާފައިވާ ވަރަށް ދުވަސްވީ ސަސްޕެންޝަން ބްރިޖެއް ވެއްޓި 132 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަހޫދީންނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓް ލިބިގެން އިންޑިއާގެ ބައެއް ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު އަޅައިފި

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ ގޮވުމެއް: 8 މީހަކު މަރުވެ 24 މީހަކު ޒަޙަމްވެއްޖެ

ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާއަށް ބޮޑު އަދަބެއް ދީފި، މޯދީއާއި ޓްރަމްޕް ރުޅިވީތަ؟

TTH_advertisement