ކުއްލި ޚަބަރު

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

ގުޅިފަޅު ގޯތީގެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އޭޖީ އޮފީހާ މަޝްވަރާކުރަނީ

އިސްތިއުފާދިނަސް އެޑްވައިޒަރެއްގެ ގޮތުގައި ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުން: މައުރޫފް

ކޮޅުވެއްޓި ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު މޯޝާގެ ކަންބޮޑުވުން 

Guryvgbacaau6rz
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް — ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ހާދިސާގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އެމީހާގެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ މޯޝާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ ސިވެކްގެ ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށެވެ.

އޭގެން ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަކުރުމަށާއި އަދި އެކަމާ ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ވެސް މޯޝާ އިން ވަނީ ގޮވާލައިފައެވެ.

މޯޝާ އިން ބުނީ އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ އަދި ބިދޭސީއަކު ގެއްލުނު އިރު، އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުންދާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މޯޝާގެ ބަޔާނުގައި ބުނީ ގެއްލުނު ބިދޭސީ މީހާ އެ ހާދިސާ ހިނގި ވަގުތު ހުރީ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތުދިން ނަމަވެސް، ކޮޅިވެއްޓީގައި ތިބި ބިދޭސީންނަކީ އާންމުންކަމެއް ނުވަތަ ބިދޭސީ ސިފައިންކަމެއް ބުނެފައިނުވާ ކަމަށެވެ.

ގެއްލިފައިވާ ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު ފަދަ އަސާސީ މައުލޫމާތު ވެސް އެމްއެންޑީއެފުން ހާމަކޮށްފައި ނުވާ ކަމަށާއި އެ އަމަލަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެއީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް ވެސް މޯޝާ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޝ ޝަރީފު
މި މައްސަލަ ރަނގަޅަށް ތަޙްގީގު ކުރަންބޭނުން ނަމަ އެތަޙްގީގު ކުރެވޭނީ މިނިވަން މުސްތަގިއްލު ކަނޑުމަތީގެ މާސްޓަރ މެރިނަރުންގެ ޓީމަކުން. ރާެްއްޖޭގެ ތަޙްގީގީ އެއްވެސް ދާއިރާ އެއްގައި މިފަދަ ކަނޑުމަތީގެ ބޮޑެތި މައްސަލަ ތައް ތަޙްގީގު ކުރުމުގެ ގާބިލް ކަމެއް ނުހުންނާނެ ކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެގޭ. މިކަމުގައި ވަރަށް ބޮޑެތި އިހްމާ ހުރިތަން ވެސް އަޅުގަނޑަށް ފެނޭ. އަދަބު ލިބެންޖެހޭ އަޅުގަނޑުމެން ހީނުކުރާ ކަހަލަ މީހުންވެސް މިކަމުގައި އިހްމާލުވޭ.

ގުޅުންހުރި

Police vcle

ހުޅުމީދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Gvbsqtxxgaa6anq

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

Original 1740647277311

ގުޅިފަޅު ގޯތީގެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އޭޖީ އޮފީހާ މަޝްވަރާކުރަނީ

121

އިސްތަށިގަނޑު ކަޅުކުރުން ހުއްދަވާނެ: ފަތުވާ

ELL Mobile Advertisement TTH_advertisement