ކުއްލި ޚަބަރު

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

އުތުރުގެ 12 ރަށެއްގައި ގްރީން ހައުސް ގާއިމް ކޮށްފައިވާކަން އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތަކީ އެ މިނިސްޓްރީއާ އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށެވެ.
މިއީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކެކެވެ.

އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. މަކުނުދޫ ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ވައިކަރަދޫ، ހއ. ކެލާ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ށ. ނަރުދޫ، ށ. ގޮއިދޫ އަދި ށ. ފޯކައިދޫ އެވެ.
މި ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައި ވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

11
11

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

11

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ޤައުމީ ޓީމަށް ރައީސް މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ELL Mobile Advertisement TTH_advertisement