ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އެއްބަނޑުއެއްބަފާ ދެ މީހަކުވަނީ ހައްޔަރުކޮށްފަައެވެ.

ފުލުހުން މިއަދު ބުނެފައިވާގޮތުން، އެ ދެ މީހުން ހައްޔަރުކޮށްފާއިވަނީ މަސްތުވާތަކެތި ގެންގުޅޭ، ބޭނުންކުށް އަދި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ އޮޕަރޭޝަނެއް ހިންގައިގެން އެ މައްސަލައާއި ގުޅިގެންނެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ 41 އަހަރުގެ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް،  އާއި އޭނާގެ ބޭބެ 44 އަހަރުގެ ގ. ސެމިޓޯން، ހަމްޒާ ޝަރީފް، އެވެ.

ފުލުހުން ބުނެފައިވާވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުމުގެ މައްސަލަތައް ހުއްޓުވުމަށާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރި އޮޕަރޭޝަނުގައި، އެ ދެ މީހުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި  ފާސްކުރުމުގެ ތެރެއިންވަނީ ފެނިފައެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 90.54 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގާއި، އެ ދެ މީހުންގެ ބަންދުކުރުމުގެ މުއްދަތު ނިންމުމަށްޓަކާއި ކޯޓަށް ހާޒިރުވުމުން އެ ދެބެއިން 15 ދުވަހަށް ބަންދުކުރުމަށްވަނީ ނިންމާފައެވެ.

މި މައްސަލާއިގެ އިތުރުން، ފުލުހުން މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ބ. ކަމަދޫ އިން ވެސް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

Police vcle

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ބަލަނީ

Mussss

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި