ކުއްލި ޚަބަރު

ކާމިޔާބު ކަމާއެކު ޓޯޝް ރަން ނިންމާލައިފި، 8959 މީހުން ބައިވެރިވި

އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދޭން ބަޖެޓްކޮށްފި

ރަޝިޔާއިން ޠާލިބާން ސަރުކާރު ބަލައިގަތުމަކީ ތާރީޚީ ކަމެއް، އެހެން ގައުމުތަކުން ރަޝިޔާ ނަމޫނާއަކަށް ނަގަންޖެހޭ: އަފްޣާން ފޮރިން މިނިސްޓަރ

އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުގައި ވެރިކަންކުރަމުންދާ ޠާލިބާން ޖަމާއަތުގެ ސަރުކާރަކީ އަފްޣާނިސްތާނުގެ ސަރުކާރު ކަމަށް ރަސްމީގޮތުން ބަލައިގަތް ދުނިޔޭގެ ފުރަތަމަ ގައުމަކަށް ރަޝިޔާ ވެއްޖެއެވެ.

ރަޝިޔާ ސަރުކާރުގެ މި ނިންމުމާއެކު، ވެރިރަށް މޮސްކޯގައިވަނީ އަފްޣާނިސްތާނު ސަރުކާރުގެ އެމްބަސީވެސް ހުޅުވާފައެވެ.

އަދި އެމްބަސީގައި އަފްޣާނިސްތާނުގެ ރަސްމީ ދިދައާއި، ޠާލިބާނުންގެ ރަސްމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

ރަޝިޔާއިން ޠާލިބާނުންގެ ސަރުކާރު ރަސްމީގޮތުން ގަބޫލުކުރުމާއެކު، އަފްޣާނިސްތާނުން ރަޝިޔާއަށް ކަނޑައެޅި ފުރަތަމަ އެމްބަސެޑަރަކީ ގުލް ހަސަން ހަސަންއެވެ. އެނާވަނީ އެމްބަސެޑަރކަމުގެ ފަތްކޮޅު ރަޝިޔާ ސަރުކާރަށް އިއްޔެ އަރުވާފައެވެ.

ރަޝިޔާ ސަރުކާރުން ބުނެފައިވަނީ، ޠާލިބާނުންގެ ސަރުކާރު ރަސްމީގޮތުން ބަލައިގަތުމަށް ރައީސް ޕޫޓިން ނިންމެވީ، އަފްޣާނިސްތާނު ރައްޔިތުންނަށް ހެޔޮއެދުމުގެ ކަމެއްގެގޮތުން ކަމަށެވެ.

ރަޝިޔާ ސަރުކާރު ނިންމުމާ ގުޅިގެން، ޠާލިބާން ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިއީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ.

ޠާލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރ މައުލަވީ އާމިރު ޚާން މުއްތަގީ ވިދާޅުވީ، މިކަމުގައި އެހެން ގައުމުތަކުން ރަޝިޔާ ނަމޫނާއަކަށް ނަގަންޖެހޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާއިން ޠާލިބާނުންގެ ސަރުކާރު ބަލައުގަތުމަކީ ޠާލިބާން ޖަމާއަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އަތްގަދަކުރީ، އެގައުމުގައި ތިބި އެމެރިކާ އަދި ނޭޓޯގެ ސިފައިން 2021 ވަނަ އަހަރު އަފްޣާނިސްތާނުން ފޭބުމާއެކުގައެވެ.

ވެރިކަމަށް އައީއްސުރެ ޠާލިބާނުން ގެންދަނީ، އެމީހުން ގާއިމްކުރި ސަރުކާރު ރަސްމީގޮތުން ބަލައިގަނޭތޯ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.  ނަމަވެސް، އެކިއެކި ހުއްޖަތް ދައްކައިގެން ގައުމުތަކުން ގެންދަނީ ޠާލިބާން ސަރުކާރު ބަލައުގަތުމަށް ދެކޮޅު ހަދަމުންނެވެ.

ސަރުކާރު ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅުހަދާ ސަބަބުތަކުގެ ތެރޭގައި، ޠާލިބާނުންގެ އިންސާނީ  ހައްގުތަކުގެ ރެކޯޑާއި، އަފްޣާނިސްތާނުގެ އަންހެނުންނާއި އަދި އަންހެން ކުދީންނާމެދު ޠާލިބާނުން އަމަލުކުރާ އިހާނެތި ގޮތްތައް ހިމެނެއެވެ.

ރަޝިޔާ ސަރުކާރުންވެސް، މިއަހަރާ ޖެހޭންދެން ޠާލިބާން ޖަމާއަތް ކަނޑައަޅާފައިވަނީ “ޓެރަރިސްޓު” ޖަމާއަތެއްގެތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފި

ޕާކިސްތާނު ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 622 އަށް އަރައިފި

TTH_advertisement