ކުއްލި ޚަބަރު

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލާން، ޣައިރު ހާޟިރުގައި ހުކުމްކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލާން، ޣައިރު ހާޟިރުގައި ހުކުމްކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.
އުމުރުފުޅުން 77 އަހަރުގެ ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލާން، އޭނާގެ ޣައިރު ހާޟިރުގައި ހުކުމްކުރީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައެވެ.
އެއީ، ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގެ ކޯޓުތަކުގައި ހިނގަމުންދާ އަޑުއެހުންތަކުގައި ހެކިބަސްދޭ މީހުންނަށް ބިރުދައްކަވައި، ހަސީނާ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

ހަސީނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ބައެއް ފަރާތްތަކާއި އަދި ހެކިބަސްދޭން ބޭނުންވާ މީހުންނަށްވެސް ހަސީނާ ބިރު ދެއްކިކަން ކޯޓަށް ސާބިތުވެފައި ވެއެވެ.
މިއީ، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝައިޚް ހަސީނާ ދުރުކުރިފަހުން އޭނާގެ މައްޗަށް އެގައުމުގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝްގެ ކިޔަވާކުދިން އިސްވެ ސަރުކާރާ ދެކޮޅަށް 2024 ވަނަ އަހަރުގެ އޮގަސްޓްމަހު ފެށި މުޒާހަރާ ހޫނުވެ، ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާއަށެވެ. އޭގެފަހުން ހަސީނާ އުޅުއްވަނީ އިންޑިއާ ސަރުކާރުގެ ހިމާޔަތުގައެވެ. އެނބުރި ގައުމަށް ވަޑައިގަތުމަށް އެތައް އަމުރެއް ނެރެފައި ވީނަމަވެސް ހަސީނާ އަދިވެސް ހުންނެވީ އިންޑިއާގައެވެ.

ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ޗީފް ޕްރޮސިކިއުޓަރ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވީ، ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތް ދުވަހަކުން ހުކުމް ތަންފީޒުކުރަން ޖެހޭނޭ ކަމަށެވެ.
ހަސީނާގެ އިތުރުން، އޭނާގެ އަވާމީ ލީގް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ޝަކީލް އަކަންޑާ ބުލްބުލްގެ މައްޗަށްވެސް، ހަމަ އެ މައްސަލާގައި ދެމަސް ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއެވެ.
ބަންގްލަދޭޝްއިން މިހާރުވަނީ ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީ މަނާވެސް ކޮށްފައެވެ.

ކިޔަވާކުދިން އިސްވެތިބެ ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފެށުމުން، ސަރުކާރުން އަމުރުކޮށްގެން މުޒާހަރާކުރާ މީހުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައިމަހާއި އޮގަސްޓްމަހުގެ ތެރޭގައި 1،400 މީހުން މަރުވި ކަމަށް އދއިން ބުނެފައި ވެއެވެ.
ހަސީނާގެ މައްޗަށް ވަކިން ކުރިއަށްދާ ޝަރީޢަތަކަށް އުފުލިފައިވާ ދައުވާގައި ބުނެފައިވަނީ، އެ ހުރިހާ މަރުތަކާއި، ހަމަނުޖެހުންތަކެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ހަސީނާ ކަމަށެވެ. ނަމަވެސް، ހަސީނާގެ ވަކީލުވަނީ އެ ތުހުމަތުތަކާ އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނޭކުރެންދޫ މީހަކު ހޯދަނީ

police

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ދަރުމަވަންތަ ހޮސްޕިޑަލް

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މާލޭގައި ޤާއިމުކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެ

ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ELL Mobile Advertisement TTH_advertisement