ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ), ކަމުގެ މަގާމުގައި ހުންނެވި, މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލުކޮށްފިއެވެ.
ރުކުމާ އެންމެ ފަހުން ހުރީ ފެނަކަ ކޯޕަރޭޝަންސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އޭގެ ކުރިން ވޭސްޓް މެނޭޖެމަންޓް ކޯަޕރޭޝަންގެ ޑެޕިއުޓޫ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމުގައިވެސް މަސައްކަތް ކުރެއްވިއެވެ. އެހެންކަމުން މިއީ ޑީއެމްޑީކަމުގެ މަގާމް އަދާކުރައްވާ ތިންވަނަ ކުންފުންޏެވެ.
އޭނާ ވަނީ އިއްޔެ ބެއްވި މޯލްޑިވް ގޭސްގެ އަހަރީ އާއްމު ޖަލްސާގައިވެސް ބައިވެރިވަޑައިގެންފައެވެ.
ރުކުމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭރު އޭނާ ހުންނެވީ އެމްޑީޕީގައެވެ.
ކިޔުންތެރިންގެ ހިޔާލު