ކުއްލި ޚަބަރު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

ވިލުފުށީ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

ސިންގަޕޫރަކީ ދިވެހީގެ ތަރައްގީގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

ޣައްޒާގައި ހިންގާފަދަ ގަތުލުއާންމުތަކެއް މީގެކުރިން ދުނިޔެ ދެކެފައިނުވޭ، އދއަކީ މިހާރު ބޭކާރުތަކެއް: ވެނެޒުއެލާގެ ރައީސް

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ

ފަލަސްތީނުގެ ޣައްޒާގައި މި ހިނގަމުންދާ ވަރުގެ ލާއިންސާނީ ގަތުލުއާންމުތަކެއް މީގެކުރިން ދުނިޔޭގައި ހިނގާފައިވާކަން އެނގޭން ނެތް ކަމަށް، ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ ވިދާޅުވެއްޖެއެވެ.
ވެނެޒުއެލާގެ ރައީސަކީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނުތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ.

މަދޫރޯ ވިދާޅުވީ، އިސްރާއީލު ހުއްޓުވަން އދ ވަނީ ނުކުޅެދިފައި ކަމަށާއި، އދ މިހާރު ދަނީ ވާގި ނެތެމުން ކަމަށެވެ. އދގެ މުއައްސަސާތަކަކީ މިހާރު އެއްވެސް އަގެއްނެތް ބޭކާރު ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ލޭއޮހޮރުވުންތަކާއި، ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ ފުރިހަމަ ޒިންމާ، ޖަރުމަނު، ފްރާންސް، ޔޫކޭ އަދި އެމެރިކާގެ ސަރުކާރުތަކުން އުފުލަން ޖެހޭނޭ ކަމަށާއި، އެގައުމުތަކަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކުގެ ފުރިހަމަ ބައިވެރިން ކަމަށްވެސް، ވެނެޒުލާގެ ރައީސް ވިދާޅުވިއެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މި މޭރުމުން ވާހަކަ ދެއްކެވީ، ޓެލެގްރާމްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައެވެ.
ޣައްޒާއާ ގުޅޭގޮތުން މަދޫރޯ މި ވާހަކަ ދެއްކެވިއިރު، ޒަޔަނިސްޓު އިސްރާއީލުން މިހާރު ވަނީ ޣައްޒާގައި ހިންގާ ގަތުލުއާންމުތައް އިތުރަށް ފުޅާކޮށްފައެވެ.
އިއްޔެ އެކަނިވެސް ޣައްޒާއިން 95 މީހުން ޝަހީދުކޮށްލާފައި ވާއިރު، މިއަދުގެ މިހާތަނަށް 31 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ކާނޭ އެއްޗެއް ހޯދަން ގޮސްތިބި މީހުންގެ ތެރެއަށް ބަޑިޖަހައިވެސް މިއަދު 16 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ޒަޔަނިސްޓު އިސްރާއީލު އަސްކަރިއްޔާއިން މިހާރު ތައްޔާރުވަމުންދަނީ، ޣައްޒާއަށްދޭ ހަމަލާތައް އަދިވެސް ވަރުގަދަކޮށް، ފުޅާކުރުމަށް ތައްޔާރުވަމުންނެވެ. އެކަން ކުރުމަށް ޣައްޒާއަށް އިތުރު ސިފައިން ފޮނުވަން ތައްޔާރުވަމުން އެބަދެއެވެ.
މި ހުރިހާ ޖަރީމާތަކެއް ޒަޔަނިސްޓުން ހިންގަމުން ގެންދާއިރުވެސް، އެމެރިކާއާއި، ހުޅަނގުގެ ބޮޑެތި ގައުމުތަކުން ގެންދަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ، ހިތްވަރުދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202507010347451751366865.618

ގެއެއްގެ ތިޖޫރީން ވަގަށް ނެގި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

bml

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

405886 5c033776 5

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

121

މޯލްޑިވް ގޭސްގެ ޑީއެމްޑީ ކަމަށް ރުކުމާ ބަދަލުކޮށްފި

ELL Mobile Advertisement TTH_advertisement