ކުއްލި ޚަބަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވައިފި

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

121
އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ކުރެހުން

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތާއި 10 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ.

ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ މަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިންނެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުޅުވުން އޮންނާނީ 17 ޖުލައިވާ ބުރާސްފަތި ދުވަހުގެ 11:00ގަ އެވެ.

މަޝްރޫއުތައް ހިންގާ ރަށްތަކާއި ބިޑު ސެކިއުރީޓީގެ އަދަދު

  • ށ. ފުނަދޫ އިސްލާމީ މަރުކަޒު – 102،000ރ.
  • ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު – 102،000ރ.
  • ޅ. ނައިފަރު އިސްލާމީ މަރުކަޒު – 126,000ރ.
  • ގއ. ވިލިނގިލި އިސްލާމީ މަރުކަޒު – 120,000ރ.
  • ރ. މީދޫ މިސްކިތް – 59،000ރ.
  • ކ. ގުޅީ މިސްކިތް – 59،000ރ.
  • ގދ. ނަޑެއްލާ މިސްކިތް – 40،000ރ.
  • ގދ. މަޑަވެލި މިސްކިތް – 61،000ރ.
  • ގދ. ހޯނޑެއްދޫ މިސްކިތް – 58،000ރ.
  • ގދ. ފަރެސްމާތޮޑާ މިސްކިތް – 61،000ރ.
  • ފ. ފީއަލީ މިސްކިތް – 58،000ރ.
  • ދ. ރިނބިދޫ މިސްކިތް – 65،000ރ.
  • އދ. ފެންފުށި މިސްކިތް – 40،000ރ.
  • އއ. މަތިވެރި މިސްކިތް – 102،000ރ.

އިއުލާންގައި ވާގޮތުން މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl chairman noorain

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް: ނޫރްއައިން

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑަށް ނަން ދެއްވައިފި

raees muiz

ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: ރައީސް

Igmh

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ELL Mobile Advertisement TTH_advertisement