ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ފުލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން، އެގޮތަށް އަމަލުތައް ނުބަހައްޓަވާ!: މިނިސްޓަރު

Original 1740647277311
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު — ފޮޓޯ: ރައީސް އޮފީސް

ފުލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށާއި އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް އިލްތިމާސްކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށެވެ.

މުތައްލިބު ވިދާޅުވީ، ސަރުކާރުން ދޫކުރާ ފުލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުން ވެސް އެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މަޝްރޫއުތައް ހިންގަނީ ފީޒިބަލް ކަމަކަށް ވާތީ ކަމަށާއި އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށް ކަމަށް ވާއިރު ބޭންކުތަކަށް ވެސް ވާނުވާ ފެންނާނެ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

TTH_advertisement