ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އެހީތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުން

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފޭސް 2 އަށް ބަދަލުކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލަ އެންމެ ފުރަތަމަ ފާހަގަވީ މީގެ ދެ ދުވަހެއްހާ ދުވަސް ކުރިން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހާ ހިސާބުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މި މައްސަލަ ދިމާވީ ކަރަންޓު ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި، މިހާރު މައްސަލަ ހައްލުކުރަން ސްޓެލްކޯ އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތަފްސީލު ހިއްސާކުރަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލުން ދެމުންދިޔަ އޯޕީޑީ ޚިދުމަތް ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި އެ ހޮސްޕިޓަލުން ހިންގަމުންދާ ޖީޕީ ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ހަދަން ޖެހުނީ ކަރަންޓު އެއްވެސް ވަރަކަށް ނުހިފެހެއްޓޭތީކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މީގެ އިތުރުން އިންޕޭޝަންޓް ޚިދުމަތްތަކަށްވެސް ބުރުއެރުމާއެކު، އެންއައިސީޔޫ އަދި އައިސީޔޫގައި ތިބި ބަލިމީހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެހެން ފަރާތްތައް އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ އެހެން ބައެއް އިމާރާތްތަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވި މިމައްސަލަ ހައްލުކުރުމަށް، ސްޓެލްކޯގެ އެހީތެރިކަމާއެކު މިހާރު އައު ކޭބަލް އަޅާފައިވާ ކަމަށެވެ. އަދި މިހާރު ދަނީ ޓެސްޓިން މަރުހަލާ ކަމަށާއި، ހޮސްޕިޓަލުގެ ޚިިދުމަތްތައް ވީހާވެސް އަވަކަށް އާންމު ހާލަތައް ގެންނާނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ގިނަ ޚިދުމަތްތަކެއް ދެމުންދާ ހުޅުމާލޭގައި ދެ ފިޔަވައްސަށްވެސް މިހާރު ޚިދުމަތް ދެމުންދާ ސަރުކާރު މައި ހޮސްޕިޓަލެވެ. މި ތަނަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ސަރުކާރުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ރައްކާތެރިކަމުގެ ޕްރޮގްރާމެއް ހިންގައިފި

ވިލިމާލޭގައި ކަރަންޓުގެ ހިދުމަތް އިތުރަށް ފުޅާ ކުރަން މަޝްވަރާކޮށްފި

4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިން ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ ޢަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި

TTH_advertisement