ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅުނު 80އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

3

މޯލްޑިވްސް އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި މުޅި އައްޑޫ ސިޓީގައި ފެށި އެއް ދުވަހުގެ ބޮޑު އޮޕަރޭޝަންގައި 80 އަށްވުރެ ގިނަ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

މި މަސައްކަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ބައެކެވެ.

އެގޮތުން، އައްޑޫ ސިޓީއަށް ހާއްސަކޮށް މި އަހަރު ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް ރެއިޑު “އޮޕަރޭޝަން ހަމަމަގު” ފެށި އިރު، މި އޮޕަރޭޝަންގައި ޖުމްލަ 678 ބިދޭސީން ހުއްޓުވާ، އެމީހުންގެ ލިޔެކިޔުންތައް ހަމަތޯ އަދި ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލާފައި ވެއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިފަދަ ބިދޭސީން ލައްވާ މަސައްކަތް ކުރުވި 75 ދިވެއްސަކަށް ނޯޓިސް ދީފައި ވެއެވެ.

މުޅި ސީޓިއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ރެއިޑު އޮޕަރޭޝަންގައި އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވިއެވެ. މީގެ އިތުރުން، އައްޑޫ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

އިމިގްރޭޝަނުން މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ އޮޕަރޭޝަންތައް ހިންގައި، ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހޯދައި، އެމީހުން ޑިޕޯޓްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެލާގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ބިދޭސީން ހިންގާ އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި

ފާހާނާގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Main 20251202 114600

ކުރުނބާ ފަނި ވިއްކާ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

TTH_advertisement