ކުއްލި ޚަބަރު

ހަފްތާ ބަންދުގައި މޫސުން އޮތީ ވަރަށްގޯސްކޮށް، ސަމާލުވޭ!

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

ވަޒީރު ޒަމީރު އޭއައިއައިބީގެ ރައީސްއާ ބައްދަލުކުރައްވައިފި

Ut

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ރައީސް ޖިން ލިކުން އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން އަލުން އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ.

އެގޮތުން ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވިއެވެ. އޭއައިއައިބީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. މީގެ ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިޤްތިޞާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްރޮގްރާމަށް ދެވުނު ފައިނޭންސިންގ ހިމެނެއެވެ.

ވަޒީރު ވަނީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ އިޞްލާޙުތަކާ ބެހޭ މަޢުލޫމާތު ރައީސް ޖިންއަށް ދެއްވައިފައެވެ. މި އިޞްލާޙުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މިހާރު ކުރިއަށްދާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ. ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއި އެކި ސަރަޙައްދުތަކުގައި އަލަށް ޤާއިމުކުރެވޭ އެއަރޕޯޓުތަކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ޤައުމީ ތަރައްޤީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްޞީލުކޮށްދެއްވައި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިގެ ފަރާތުން އޭއައިއައިބީގެ ގަވަރނަރުކަން ކުރައްވާ ވަޒީރުއާއެކު މި ބައްދަލުވުމުގައި  ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބު، ވެސް ބައިވެރިވަޑައިގެންނެވިއެވެ.

އޭއައިއައިބީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް ޖިން ލިކުން ގެ އިތުރުން، އެކްޓިންގ ޗީފް އިންވެސްޓްމަންޓް އޮފިސަރ ރަޖަތް މިސްރާ އާއި މެނޭޖަރުންކަމުގައިވާ ހަރީ ބަސްކަރ އަދި ތޮޝިއަކީ ކެއިޗޯއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ފުޑް ކާނިވަލުގައި ކުރިއަށްގެންދާ އެލްއެފްސީ ފޭން ޒޯންގައި ލިވަޕޫލްގެ ލެޖެންޑް ޑާކް ކައިޓް ބައިވެރިވެއްޖެ

3

އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅުނު 80އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

3

ބައިނަލްއަގްވާމީ ސުވިމިންޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަޒީރު ބައްލަވާލައްވައިފި

370661 e6b5c275 e

ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

TTH_advertisement ELL Mobile Advertisement