ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ހިޔާވެހި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

3

“ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް” ގެ ދަށުން ލޯނުދޫކުރުމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އެއްބަސްވުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

ސަރުކާރުން 5 ނޮވެމްބަރު 2024 ގައި އިޢުލާނުކުރި ހިޔާވަހި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ދީފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުދި ރަށްތަކަށް ޚާއްޞަ “ރަށްވެހި” ސްކީމަށް 1329 ފޯމު
  • އަރބަން ސެންޓަރުތަކަށް ޚާއްޞަ “ސަހަރު” ސްކީމަށް 586 ފޯމު
  • ފުރަމާލެއަށް ޚާއްޞަކޮށްފައިވާ “ފަހިމާލެ” ސްކީމަށް 341 ފޯމު

ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 3 މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެއެވެ. އަދި މި ސްކީމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި 1 ބިލިއިލިއަން ރުފިޔާ ޚާއްޞަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ސްކީމަށް ސަރުކާރުން 1 ބިލިއަން ރުފިޔާ ބޭންކުތަކަށް އިންވެސްޓް ކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިއަނާ ހަމައަށް ލޯނު ދޭނެއެވެ. މި ސްކީމްގެ ތެރެއިން، މުޅިން އަލަށް ގެދޮރު އިމާރާތްކުރާ މީހުންނަށާއި، ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 27 at 18.06.30

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ ފަސް ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

dr muthalib

ބީއެމްއެލްގެ 3،000 ފްލެޓަށް މިދައުރުގައި ނިންމައި މީހުންނަށް ވަދެވޭނެ: ޑރ. މުއްޠަލިބު

TTH_advertisement