ރާއްޖޭގެ އެތައް ހާސް ބަޔަކަށް ލަނޑުދިނުމަށްފަޖު ޖެމްކިޔު ޕިރަމިޓް ސްކީމް ވުޖޫދުން ގެއްލިއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ގާނޫނާ ޚިލާފަށް ހިންގާ ސްކީމެއް ކަމަށެވެ. އަދި އެއީ ދީނީގޮތުން ހަރާމް ސްކީމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެފައިވެއެވެ.
ޖެމްކިޔު ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށްވުރެ ގިނަ މީހުން ފައިސާ ޖަމާކޮށްފައިވެއެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގެއެވެ. އެ ސްކީމްގެ ބައިވެރިން ތިބި ޓެލެގްރާމް ގްރޫޕެއްގައި މީހަކު ލިޔުނު މެސެޖެއްގައި ވަނީ ޖެމްކިޔު ގެއްލުނަސް އަލުން އެފަދަ އާ ސްކީމެއް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ސްކީމް ރާއްޖޭގައި ޕްރޮމޯޓް ކުރުމުގައި އުޅުނު ހަތް މީހެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެއީ ހަތް ދިވެހީންނެވެ. އޭގެތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު