ކުއްލި ޚަބަރު

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރަން ކުރި ހުކުމް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެ ކޯޓުން މިހެން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާޢީދު ކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ނުފެންނަ ކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޢުލަބިއްޔަތުންނެވެ.

ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކޮށް ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައިވަނީ މަރޗް މަހުގެ 21ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އަދާކުރި މަގާމުގެ ގޮތުން ބާރާއި ނުފޫޒު އޮތުމާއި ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.

މި އަމުރަށް ހައި ކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ޝަރީއަތް ކުރިއަށްގެންދިއުމަށްފަހު، އެ ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ޤާނޫނާ ޚިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. ފަނޑިޔާރުގެ އެ ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަނީ ތާޢީދު ކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޝަމްޢާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގެ ދަޢުވާއެވެ.

ގުޅުންހުރި

55917c21 ab84 496c 93cc b27f1a36f6ca

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

B 202506170815591750173359.2312

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

TTH_advertisement ELL Mobile Advertisement