ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ވަނީ “މޯލްޑިވްސް 2.0” ގެ ނަމުގައި ޚާއްޞަ މަޝްރޫއެއް ފަށްޓަވާފައެވެ. މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ “މޯލްޑިވްސް 2.0” މަޝްރޫޢުގައި ހިމެނޭ 4 ވަނަ ތަނބުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އެގޮތުން މީގައި ހިމެނޭ ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އެ ބިލާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިބިލާ ގުޅޭގޮތުން ޚިޔާލު ހުށަހަޅާއިރު މަޢުލޫމާތު ލިބުނު މަސްދަރު ހިމެނޭގޮތަށް ޚިޔާލު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ޚިޔާލެއްވެސް އާންމުކުރައްވާނެކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރުމަށް ނިންމާފައިވަނީ ވިހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންކަންކުރުމަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ ޚިޔާލު ހުށަހަޅާއިރު އެފަރާތްތަކުގެ ކޮމެންޓްތަކުގައި ހިމެނޭ ވަކި މަޢުލޫމާތުތަކެއް ސިއްރުކުރުމަށް އެދެވިދާނެކަމަށެވެ. ނަމަވެސް ސިއްރުކުރުމަށް އެދޭ އެދުން ވަޒަންކުރާނީ ޤާނޫނީ ގޮތުން ހުއްދަކުރާ މިންވަރަށްކަމަށްވެސް ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ، ޚިޔާލު ހުށަހެޅުމުގެ ބައެއް ނުވަތަ މުޅި ހުށަހެޅުން ސިއްރު ކުރުމަށް ބޭނުންވާނަމަ، އެކަން ސިއްރުކުރަން ބޭނުންވާ ސަބަބުތައް ބަޔާންކުރަންވާނެކަމަށެވެ. އަދި އަމިއްލަ އިޚްތިޔާރުގައި ކޮންމެ ލިޔުމެއް ނުވަތަ ހުށަހެޅުމެއްވެސް ޝާއިޢުކުރުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުގެ މަސައްކަތްތަކުގައި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮޓޯރިޓީގެ ޚިދުމަތްތަކުން ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި

ރައީސް މުއިޒް: ކޮރަޕްޝަން ނައްތާލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ކީއްވެ؟

TTH_advertisement