ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިންތިޒާމުކޮށްގެން ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް 2025 ފާހަގަ ކުރުމަށް މާލޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޚާއްސަ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށް ގެންދެވުނު މި ހަރަކާތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި މި ހަރަކާތުގައި ހޮސްޕިޓަލުން ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް ލިބެންހުރި ފަރުވާތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. ސިއްޙީ ހޭލުންތެރިކަމުގެ މަޢުލޫމާތުގެ އިތުރުން އެކި ބާވަތުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް މި އިވެންޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް ޑރ. ޝަޖީ ވަނީ ބައިވެރިވެ، އާންމުންނަށް ދުންފަތާ ދުރުހެލިވުމުގެ މުހިންމު މަޢުލޫމާތު ހިއްސާކޮށްދެއްވާފައެވެ. ޑރ. ޝަޖީ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމުގެ ޚާއްސަ ފަރުވާ ފޯރުކޮށްދޭ އެޑިކްޝަން ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާ އަދި އިންޑިއާގައި މީގެ ކުރިން މި ފަރުވާ ފޯރުކޮށްދީފައެވެ.

“ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ ހަރަކާތްތަކުގައި ވީހާވެސް ގިނައިން ބައިވެރިވެ، ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، މުޖުތަމަޢުގެ ސިއްޙީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދެމުން” އަންނަކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ގަސްދުކުރާކަން ފާހަގަކޮށްފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement