ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ގެދޮރުވެރިޔާ ފްލެޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ގެނެސްދީފި

މމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމމ

ގެދޮރުވެރިޔާ ފްލެޓް ދިނުމާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ގެނެސްދީފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ ހައްލުތައް ހާމަކުރައްވާފައެވެ.

ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައި އޮތީ މާލޭގައި އުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން މި ސަރުކާރުން އަމަލުކުރި ގޮތުން ގިނަ ބަޔަކަށް ފްލެޓް ނުލިބޭގޮތް ވުމެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2023 ނޮވެމްބަރު މަހު ނެރުނު ފްލެޓް ލިސްޓާއެއްގޮތަށް އަމަލުކުރަން މިހާރު ނިންމާފައިވާ ކަަމަށެވެ. އެކަމަކު މާލޭގައި އުޅޭތާ 15 އަހަރުނުވާ މީހަކު އެ ލިސްޓްގައި ހުރިނަމަ ޑިސްކޮލިފައިކުރާނެ ކަމަށް ވިދާޅުވިއެވެ. އެކަން ބަލާނީ ހުށަހެޅިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި އުޅޭތާ 15 އަހަރުވީކަން ބަލާ މިންގަނޑު ވެސް މިހާރު ދަށްކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓްގައި ތިބި މެޖޯރިޓީ މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް 1000 ފްލެޓްގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ނިމިފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރުމަށްޓަކައި އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިމޭނެ ކަމަށާއި އަދި މި ފްލެޓްތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ޖުލައި މަހަށް ލިބޭނެ ކަމަށް  ވިދާޅުވިއެވެ. ހަމައެހެންމެެ، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

TTH_advertisement