ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމަށް ހުޅުވާލައިފި!

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން 2 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް 22 ފުރުސަތަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އަލް އަޒްހަރު ސްކޯލަރޝިޕްގެ ދަށުން، މިސްރުގައި ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު އަދި ބެޗެލަރސް އޮފް ސައިންޓިފިކް/ ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތު ލިބިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޝަރީޢާ ދާއިރާއިންނާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އަލް އަޒްހަރު ސްކޯލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން “މައި އެޑިއު” ޕޯޓަލް މެދުވެރިކޮށް މި ސްކޯލަރޝިޕަށް ކުރިމަތިލެވޭނެއެވެ. ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 12:00އެވެ.

މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޯލަރޝިޕަށް ކުރިމަތިލެވޭ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ޝަހާދާ ޡާނަވިއްޔާއިން ފާސްވެފައިވުމާއެކު، އަޕްލޯޑް ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާންޖެހޭނެކަމަށެވެ.

އަދި އެ ވުޒާރާއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއެކު، އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހެއްކަމުގައިވާންޖެހޭނެކަމަށެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ވެގެނެއް ނުވާނެކަމަށެވެ.

މީގެއިތުރުން އެ ވުޒާރާއިން ވިދާޅުވީ، ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެނޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ. އަދި ސްކޯލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެކަމަށެވެ.

އަދި އެހެން ސްކޯލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެނޑިޑޭޓެއް މި ސްކޯލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ 2 އަހަރު 471 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވޭ

Minister Ismail Shafeeu

2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި

ވަރަ އެކްސްޕޯ ނިންމާލައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

TTH_advertisement