ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ޗެލްސީން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، ޗެލްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޕޮލެންޑްގެ ރޮކްލޯ ގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވެފަ އެވެ. މީގެ ކުރިން ޗެލްސީން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް އަދި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 9 ވަނަ މިނިޓުގައި ރެއާލް ބެޓިސްގެ މިޑްފީލްޑަރ އަދި ކެޕްޓަން އިސްކޯ ދިން ޕާހަކުން އެޒަލްޒޫލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފުރަތަމަ ހާފުގައި ރެއާލް ބެޓިސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އޭރިޔާ ބޭރުން މާކް ބާޓްރާ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ގިލިޕް ޖޯގެންސެން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކަނާތު ވިންގަށް ކުޅެމުންދިޔަ މާލޯ ގަސްޓޯ ގެ ބަދަލުގައި ރީސް ޖޭމްސް ކުޅެން އަރުވާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބަޑިއަޝީލް އާއި ޕެޑްރޯ ނެޓޯގެ ބަދަލުގައި ލެވިސް ކޮލްވިލް އާއި ޖޭޑާން ސަންޗޯވެސް ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ޗެލްސީގެ ކުޅުން ވަނީ އިތުރަށް ރަގަޅުވެފަ އެވެ.

ޗެލްސީ އިން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޯލް ޕާމާ ދިން އެސިސްޓަކުން ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނީ ޖޭޑަން ސަންޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މޯސެސް ކައިސޭޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް ބެޓިސް އަތުން ޗެލްސީ މި މެޗުގައި މޮޅުވެފައިވާއިރު މިއީ 2002 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލެއްގައި ސްޕެއިންގެ ޓީމެއް އަތުން އެހެން ގައުމެއްގެ ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލުގައި މީގެ ކުރިން ސްޕެއިންގެ ޓީމުތައް ކުޅުނު 27 މެޗުން ސްޕެއިންގެ ޓީމުތައް ވަނީ މޮޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

ELL Mobile Advertisement TTH_advertisement