ކުއްލި ޚަބަރު

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ،އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެވެ.

ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ފެނަކަ ކޯޕަރޭޝަންއާ 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮފައެވެ. އަދި އެމްޓީސީސީއާ 5 ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 4ހެލްތު ފެސިލިޓީއެއް ތަރައްޤީކުރުމަށެވެ. މި މަޝްރޫޢޫތަކުގެ ތެރޭގައި ހިމެނެނީ 2 ހޮސްޕިޓަލާއި 4 ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށާއި 12 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށެވެ.

މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްޙީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ޚާއްސަކޮށް އަތޮޅުތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ޚިދުމަތް ދޭ ތަންތަން ބާވެ މަރާމާތައް ނުވަތަ ޖާގައިތުރުކުރުމަށް ބޭނުންވެފައި އޮތް އޮތުންކަމަށެވެ.

” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން އެދޭ އެދުމަކީ ސިއްހީމަރުކަޒުގެ ޖާގަ ނެތުމާ އެ މަރުކަޒުތައް ބާވެފައި ހުންނަ ވާހަކަތައް. ނުވަތަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްދެއްވާށޭ. އެވާހަކަތައް ރައީސް އަޑުއައްސަވާ. މިކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި 19 ސިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި 33 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު 21 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރާނެކަން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

ބާޒާރުމަތީ މަގު: 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

TTH_advertisement