ކުއްލި ޚަބަރު

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑުކޮށްފި

Xee

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ޒީނިޔާ ސަސްޕެންޑުކޮށްފިއެވެ.

އޭނާ ސަސްޕެންޑުކިރީ މާދަމާ އިން ފެށިގެން ތިން ދުވަހަށެވެ. އެއީ ޒީނިޔާއާ ގުޅޭ މައްސަލައެއް ބަލަމުންދާތީއެވެ.

އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވާން ވެސް އޭނާ އަށް ވަނީ އަންގާފައެވެ.

އޭނާއާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.

މި ހަފްތާގެ ތެރޭގައި ވަނީ ބްރޯޑްކޮމްގެ މުވައްޒަފުންގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެެރޭގައި މާލިއްޔަތު ގަވާއިދާ ފުށުއަރާނެ ގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވުން ހިމެނެއެވެ.

މީގެއިތުރުން ކޮމިޝަނުގެ ހިންގާ ގަވާއިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެޗްއާރު ޕެނަލަށް އަންގާފައިވާ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ބްރޯޑްކޮމްގެ އެސްޖީ އަކަށް ޔާމީން އިދުރީސް

Fazeeluu

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑުކޮށްފި

Sofaa

މުޒާހަރާތައް ލައިވްކުރުމުގައި އުސޫލާ ޚިލާފުވާނަމަ ފިޔަވަޅު އަޅަނީ

82439

ބްރޯޑްކޮމްއަށް އައްޔަންކުރަން 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި

TTH_advertisement