ކުއްލި ޚަބަރު

ޣައްޒާގެ ރަށްތަކުން އާންމުން ގަދަކަމުން ބޭރުކުރަން ފަށައިފި، ދެކޮޅުހަދާ އެންމެންނަށް މަރު!

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިޔުމަށް ގޮވާލައިފި

7779

މ. އަތޮޅުގެ ރައްޔިތުން އެ އަތޮޅު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމުގެ ބަަދަލުގައި އެ ސަރަހައްދަށް އިންވެސްޓުމެންޓުތައް ހޯދަން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން، ހައުސިން އަދި އިންްފްރާސްޓްރަކްޗާރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު މިއަދު ގޮވާލައްވައިފި އެވެ.

މުއްތަލިބު މިފަދައިން ގޮވާލެއްވީ މ. މުލީ އެއަރޕޯޓް ހުޅުުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މ. އަތޮޅަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ރަށްތަކަކާާއި ފަޅުތަކެއް އޮތް ސަރަހައްދެއްކަމަށެވެ.  އެއާޕޯޓެއް ގާއިމުވެގެން ދިއުން ވެގެންދާނީ ފަތުރުވެރިކަމުގެ އެތައް އިންވެސްޓުމެންޓުތަކަކަށް މަގު ހުޅުވިގެންދާނެ ކަމަކަށް ކަމަށާއި މުލީ އެއާޕޯޓަކީ ވެސް އެ އަތޮޅުގެ ތަރައްގީއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަން ފާހަގަކުރައްވާފަ އެވެ.މުލީގެ ބިން ހިއްކުމަށް 2014 ވަނަ އަހަރު ހަވާލުކުރި ފަހުން އެއާޕޯޓު ހުޅުވުމާހަމަޔަށް މިހާތަމަށް 540 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއީ އެ އަތޮޅުގެ އާބާދީގެ ނިސްބަތުން، ބޮލަކަށް އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދަދެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވަމުން ވަޒީރު އެދިވަޑައިގެންނެވީ ސަރުކާރުން އެ އަތޮޅަށް ކުރި އިންވެސްޓުމެންޓު ބަލައިގަނެ އެ ސަރަހައްދުގެ ތަރައްގީއަށް ރައްޔިތުން މަސައްކަތް ކުރުމަށެވެ.

“ހަމައެއާއެއްކޮށް އަޅުގަނޑުގެ އިލްތިމާސަކީ އާބާދީ ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި މި އަތޮޅު ދޫކޮށް ނުދިން. މި އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ފަރާތްތަކުން މި އަތޮޅުގެ ބޮޑެތި ރަށްތަކަށް އެއްވެ އާބާދީ ތަރައްގީ އެއްފަސްކުރެއްވުމަށްޓަކައި މަސައްކަތް ކުރެއްވުން.”

ވަޒީރު ތަކުރާރު ކުރެއްވީ، މުލަކު އަތޮޅަކީ ތަރައްގީ ހާސިލުކުރެވޭނެ ފަދަ ސިފަތަކެއް ލިބިގެންވާ ތަފާތު އަތޮޅެއް ކަމެވެ. އެއީ މާލެއާއި ދުރުނޫން ހިސާބަކަށްވާއިރު، އެ އަތޮޅުގައި ތިބެގެން ތަރައްގީ ހޯދަން މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ: ބީއެމްއެލް

ރަވާފް މިނާއިން ދިން ޔަޤީންކަމަކީ ދިވެހި ޙާޖީންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދޭނެކަން

ރޭސާސް އެމްވީގެ ކުޑަކުދިންގެ އެތްލެޓިކްސް ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

TTH_Advertisement ELL Mobile Advertisement