ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Weeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމް ހުސްވީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ވަނީ، ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ މީހުންނަށް މި މަހުގެ 22، ގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރުވެފައިވާ، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހުންނަށެވެ. މީގެއިތުރުން ވެސް އިތުރު ޝަރުތުތަކެއް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ޝާހިދުގެ ވާހަކަތަކަށް ރައްދުދެއްވައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Supreme Court

ސުޕްރީމް ކޯޓު މިއަދުން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓުގެ މާލަމުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަން ނިސްބަތްކޮށްގެން ނަން ދީފި

Mal

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

TTH_advertisement