ކުއްލި ޚަބަރު

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ފީނަން މޫދަށް އެރުނު އެމެރިކާ ޓޫރިސްޓަކު މަރުވެއްޖެ

ސެމީގައި ރާއްޖެ އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ހުކުރު ދުވަހުގެ ރޭ

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއިން ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅެ، 2-2 އިން އެއްވަރުވުމާއެކު ދިވެހި ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. ސެމީގައި ރާއްޖެ އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ.

މި މެޗާ ކުރިމަތިލިއިރު، ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ އެއްވަރުކޮށް ލިބުނު އެއް ޕޮއިންޓާއެކު، ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް އޮތެވެ. ބޫޓާން ފުރަތަމަ މެޗުން ބަންގްލަދޭޝްއަށް ބަލިވެފައިވީ ނަމަވެސް، ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެއްޖެނަމަ ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު އެ ޓީމަށްވެސް އޮތެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކުރީ ބޫޓާނެވެ. ދިވެހި ޓީމުގެ މެދުތެރެއިން ހެދުނު ގޯހަކުން ލިބުނު ބޯޅަ ބޫޓާންގެ ކުޅުންތެރިޔާ ޖެހީ ޕެނަލްޓީ އޭރިއާގެ ބޭރުންނެވެ. ދިވެހިރާއްޖެއަށް މާ އެކަށީގެންވާ ކުޅުމެއް ނުކުޅެވުނު ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި ދިވެހި ޓީމުން ލަނޑެއް ޖަހައި އެއްވަރުކުރިއެވެ. ދިވެހި ޓީމުގެ އަޝްހާމް ބޮލުން ޖައްސާލި ބޯޅަ އައިދު ބޫޓާންގެ ކުޅުންތެރިންގެ ކައިރިން ދެމިގަނެ، ޖެހި ބާރު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށް ވަދެފައެވެ.

ބޫޓާނަށް މޮޅުވާން މަޖުބޫރުވެފައިވާ މި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ކުރިއަށް އަރައި ތިބި ވަގުތެއްގައި ދިވެހި ޓީމުގެ ދެވަނަ ލަނޑު ޖެހީ އަޝްހާމެވެ. އޭނާ ހުސްކޮށް އަރައި އޭރިއާގެ ބޭރުން ތިރިން ޖެހި ބޯޅައިން މި ލަނޑު ކާމިޔާބުކުރިއެވެ. ދިވެހި ޓީމުން ދެވަނަ ލަނޑެއް ޖެހިތާ ގިނަ އިރުތަކެއް ނުވެ، މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބޫޓާންގެ ކުޅުންތެރިން އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ޖަހައި މެޗު އެއްވަރުކުރިއެވެ.

ތިން ޓީމު ހިމެނޭ މި ގްރޫޕްގެ އެއްވަނަ 4 ޕޮއިންޓާއެކު ބަންގްލަދޭޝަށް ލިބުނުއިރު، ދެ ޕޮއިންޓާއެކު ދެވަނަ ލިބުނީ ދިވެހިރާއްޖެއަށެވެ. ގްރޫޕް ބީގައި 6 ޕޮއިންޓާއެކު އިންޑިއާއަށް އެއްވަނަ ލިބުނުއިރު، 3 ޕޮއިންޓާއެކު ދެވަނަ ލިބުނީ ނނީ ނޭޕާލަށެވެ. ސެމީފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާއި ނޭޕާލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

121

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޯކިޑް ޕްލާޒާ އިމާރާތް ތަޅާލަނީ

Gvpkj7bbsau2k3z

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

Haaa

އަހާ ފޯރަމް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވަނީ

TTH_advertisement ELL Mobile Advertisement