ކުއްލި ޚަބަރު

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު މަޖިލިސްއިން ފާސްކުރައްވައިފި

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މި ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިން ބާކީ ނުކުރާނެ: މިނިސްޓަރު

Img 5787

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެހެނިހެން ކުދިން ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބާކީ ނުކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

”އަހާ“ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް 600 އެއްހާ ޓީޗަރުން ބޭނުންވާ ކަމަށާއި، އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދީ ހިދުމަތް ދިނުމަށް ބޭނުންވާ ޓީޗަރުން ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ވިލާ ކޮލެޖާއި އެހެނިހެން ކޮލެޖުތަކާ އެކު ވާހަކަދައްކައި، ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

”ވަރަށް ޔަގީންކަމާ އެކު ދަންނަވާލަން ބޭނުންވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަކުން އެއްވެސް ކުއްޖަކު ބާކީއެއް ނުކުރާނެ“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ވަސީލަތްތައް ހުރި މިންވަރަކުންނާއި ފަންނީ ގާބިލުކަން ހުރި މިންވަރަކުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ޚިދުމަތްތައް ދެމުން އަންނަ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ތުއްތު ކުދިންނަށް ކިޔަވައިދޭ އަމިއްލަ ތަންތަނަށް ވެސް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

alhaan-fahmy

ހައިކޯޓުން ނިންމީ އަލްހާނާއި އޭނާގެ ދެ ކޮއްކޮއަށް ކުރާ ދައުވާތައް ކުރިއަށްގެންދެވޭނެ ކަމަށް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަހަރީ ރިޕޯޓު ނެރެފި

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެޕެއް ތަޢާރަފުކުރަނީ

Mulhiraajje
ELL Mobile Advertisement TTH_Advertisement