ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ނާޒިމް އިނގިރޭސިވިލާތަށް

Nax

ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މަޖިލިހުން ބުނީ ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލު ކުރައްވާ މަންދޫބުގެ ހައިސިއްޔަތުން ނާޒިމް ބައިވެރިވެވަޑައިގަންނަވާ އެ ބައްދަލުވުން އޮންނާނީ ހޯމަ އާއި އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށެވެ.

މިފަހަރު ބޭއްވޭ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު މި އަހަރުގެ ތެރޭގައި ބަދަލުވާތީ އެކަމާ ގުޅޭ އެންމެފަހުގެ ނިންމުންތައް ނިންމުމާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މަޖިލިހުން ބުންޏެވެ.

ސީޕީއޭ 1911 ވަނަ އަހަރު އުފައްދައި، މިހާތަނަށް ހިންގަމުން ގެންގޮސްފައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށް، މި އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ރުހުންދެއްވި ގާނޫނަކުން، ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު ބައިނަލްއަގުވާމީ ޖަމާއަތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ހައިސިއްޔަތުން ގާނޫނީ ބާރު ލިބިދޭ އިތުރު ގާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގާނޫނު ފާސްވުމަށް ފަހު ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ. ގެ އާންމު މަޖިލިސް އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ހަރަކާތުގައި ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެ އެވެ.

މަޖިލިހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ ރައީސް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލިހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން އެމްޕީއެލް ބަނދަރަށް

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

Jxxxx

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ޕެންޝަން ބޮޑުކުރަން ނާޒިމް ތާއީދުކުރައްވައިފި

Goe0numxoaagbar

ވެންޓިލޭޓަރު މައްސަލައިގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން އެދިއްޖެ

TTH_advertisement